Chapter

Dhivehinge Raajje

Vote4Muizzu
ޗެޕްޓަރު 8

ތަޢުލީމާއި ތަމްރީނު

  1. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙުކުރުން.
  2. ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް އަލުން ރުޖޫއަކުރުމާއެކު، އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ޗުއްޓީއެއް ހިމެނުން.
  3. މާތްވެގެންވާ އިސްލާމްދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާޢްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން.
  4. މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުން.
  5. ޤައުމީ ފެންވަރުގެ ރިސާޗް ގްރާންޓު ފަންޑެއް ޤާއިމުކޮށް، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުން.
  6. ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލްގެ ހުރިހާ ގިންތިއެއްގައި ހިމެނޭ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދީ، ނިޒާމު އިތުރަށް ހަރުދަނާކުރުން.
  7. އުގެނުމާއި އުގަންނައިދިނުމުގައި އީ-ލާރނިންގ، އާޓިފިޝަލް އިންޓަލިޖަންސް އަދި ވާޗުއަލް ރިއަލިޓީފަދަ ފަހުގެ ޒަމާނީ ޓެކްނޮލުޖީ ބޭނުންކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ސްކޫލުތަކުގައި ޤާއިމުކުރުން.
  8. ދަރިވަރުންނަކީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް އަހުލުވެރި ކުދިބަޔަކަށްހަދާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ސިޔަސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  9. މަދަރުސީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަނަލް ޕްރޮގްރާމްތައް މުރާޖަޢާކޮށް ރާއްޖޭގެ އިޤްތިސާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުން.
  10. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ކުތުބުޚާނާތަކެއް ޤާއިމުކުރުން.
  11. މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މަތީ ތަޢުލީމާއިގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މުޢައްސަސާތައް ރޭންކު ކުރުން.
  12. ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން.
  13. ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢްލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުން.
  14. ދުނިޔޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ "ސްޓީމް" (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް) ތަޢުލީމު ރާއްޖޭގައި ފުޅާކުރުން.
  15. ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށް، ފުޅާކުރުމަށްޓަކައި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް، ކަނޑައެޅޭ ސަރަޙައްދުތަކެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުން.
  16. ދައުލަތުގެ ކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ބިނާ ކުރުމަށްޓަކައި ތަފާތު ދާއިރާތަކުން ސްކޮލަރޝިޕްތަކާއި މާލީ އެހީތައް ތަޢާރަފުކުރުން.