ޗެޕްޓަރު 19
ދުސްތޫރީ، ޤާނޫނީ އަދި ޝަރުޢީ އިޞްލާޙު
- ފުރިހަމަ ބެއިލްގެ ގާނޫނެއް ތަޢާރަފްކުރުމާއެކު، ކޮންމެ މީހަކަށްވެސް ތުހުމަތުކުރެވޭ މަރްޙަލާގައާއި، ޙުކުމް އިސްތިއުނާފުކުރާ މަރްޙަލާތަކުގައި ބެއިލް ލިބޭނެގޮތް ހެދުމާ، ބެއިލް ބަހައްޓާނެ ފަރާތާއި، ބެއިލްގެ މިންވަރު ލިބޭނެގޮތް ހަމަޖެއްސުން.
- ދައުލަތުން ޙައްގުނޫންގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ކޮމްޕެންޒޭޝަން ލިބޭނެ ގޮތްތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ކްރިމިނަލް ކޮމްޕަންސޭޝަން ޤާނޫނެއް ތަޢާރަފުކުރުން.
- ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމުކުރުން.
- މަދަނީ މައްސަލަތަކުގައި އަވަސް އިންސާފު ހޯދައިދިނުމަށް އަދި އިންސާފު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް، މަދަނީ އިޖްރާއަތުގެ ޤާނޫނު އިޞްލާޙުކުރުން.
- ޑްރަގްކޯޓްގެ ނިޒާމު ޒަމާނާއެއްގޮތަށް ހަރުދަނާކުރުމާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކޮށް، މުޖްތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު ބާރެއް އެޅުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، މެންބަރުންގެ މިހާރަށްވުރެ މަތިކުރުމާ، ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް އިޞްލާޙުކޮށް އެމުޢައްސަސާ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުމުގެ މަގު ބަންދުކުރުމާ، ޤައުމަށް ޢައްދާރުވުމުގެ ކުށް ތަފްޞީލުކޮށް ހިމެނުމަށްޓަކައި، ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް މަސައްކަތްކުރުން.
- ޤައުމަށް ޢައްދާރުވުން ނުވަތަ ހައި ޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ޤާނޫނެއް ތަޢާރަފުކުރުން.
- ފުލުހުންގެ މުވައްސަސާއަކީ މިނިވަން، އިންސާފުވެރި އަދި މުޖްތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ތަނަކަށް ހެދުމަށްޓަކައި، ފުލުހުންގެ ޤާނޫނު އިޞްލާޙު ކުރުން.
- މުޢައްސަސާގައި އިތުރު ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރުމާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ، ސިފައިންގެ ތެރެއިން ކޯޓްމާރޝަލް ކުރުމުގެ ހަމަތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ސިފައިންގެ ޤާނޫނު އިޞްލާޙުކުރުން.
- ވަކިބާވަތެއްގެ ކްރިމިނަލް ކޮމްޕްލެއިންޓްސް، އަމިއްލަ ފަރުދުންނަށް މެޖިސްޓްރޭޓަށް ސީދާ ހުށަހެޅޭގޮތް ހެދުން.
- އަތޮޅުތެރޭގައި އަދި ރަށުފެންވަރުގައި ރައްޔިތުން އިންސާފަށް ވާޞިލުވުމަށް ހުރި ހުރަސްތައް ނައްތާލެވޭގޮތަށް ކޯޓުތަކުގެ ކަންކަމާއި އަދި ނިޒާމު ބަދަލުކުރުން.
- ޤާނޫނު އަސާސީގެ މަޤްޞަދެއްކަމަށްވާ، ވީއެންމެ އަވަހަކަށް ދަޢުވާކުރުން ފަހިކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ތެރޭގައި ނުވަތަ ލަސްވެގެން 48 އިރުގެ ތެރޭގައި ދަޢުވާ ކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް އިންތިޒާމުކޮށް، ފަރުދުން 'ވާނުވާގައި' ހައްޔަރުކޮށް ކަސްޓާޑީގައި ބޭތިއްބުން ނިމުމަކަށް ގެނައުން.
- ފުލުހުންގެ 'އިންޓެލިޖެންސް' ކަމަށް ބުނެ ހައްޔަރުކުރަން ހުށަހަޅާ ޙާލަތުގައި ފުލުހުންނަށް ހީވާހީތަކާއި، ފުލުހުން ސާބިތު އަދި ހާމަ ހެތްކާއިނުލާ ހުށަހަޅާ ތަކެތީގެ މައްޗަށް ބިނާކޮށް، މުއްދަތު ޖެހުން ނިމުމަކަށް ގެނައުން.
- އެއްވެއުޅުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ބެލުމާއި، ކުރިއަރާފައިވާ ޤައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އިސްލާމީ ޝަރީޢަތާ ޚިލާފުނުވާގޮތަށް، އެއްވެއުޅުމަށް އޮތް ޙައްޤު ފުޅާކުރުން.
- ކުދި ކުށްތަކުގައި ޖެހޭ ކުށުގެ ރިކޯޑުގެ ސަބަބުން ވަޒީފާ ލިބުމަށް ހުރަސްއެޅެމުންދާދިއުން ނިމުމަކަށްގެނައުން.