ޗެޕްޓަރު 17
ދަނޑުވެރިކަމާއި ކާބޯތަކެތި
- ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ޚާއްޞަކުރެވިގެން، ޤައުމީ ނިޒާމެއް ޤާއިމުކުރުން.
- ރާއްޖޭގައި ހެދޭ ފާހަގަކުރެވޭ ތަރުކާރީއާއި މޭވާގެ ބާވަތްތަކެއް، ދިވެހި ބާޒާރަށް ފުދޭނެ މިންވަރަށް ހައްދާ، ވިއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ޤާއިމުކުރުން.
- ދިވެހި ކާބޯތަކެތީގެ އުފެއްދުންތައް ރިސޯޓުތަކަށް ވިއްކުމުގައި، ސީދާ ސަރުކާރުގެ ޗެނަލިންގ ނިޒާމެއް ޤާއިމުކުރުމާއެކު، ދިވެހި ދަނޑުވެރިންނަށް އޭގެ ނަފާ އިތުރުކުރުން.
- އަސާސީ ކާނާގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރުމުގައި، އެތެރެކޮށް، ތާޒާކަންމަތީ ގުދަންކުރެވޭ މިންވަރު ބޮޑުތަނުން އިތުރުކުރުމާއެކު، އެފަދަ ބާވަތްތަކުގެ އަގު ކުޑަކުރުމަށްޓަކައި ތަފާތު ޤައުމުތަކާއި ސަޕްލަޔަރުން މެދުވެރިކޮށް އިމްޕޯޓުކުރުމުގެ ސިޔާސަތެއް ތަޢާރަފުކުރުން.
- ރާއްޖޭގައި ވަރޓިކަލް ފާމިންގ ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރެވިދާނެތޯ ބެލުމަށް ޕައިލެޓް ޕްރޮޖެކްޓެއް ހިންގުން.