Chapter

Dhivehinge Raajje

Vote4Muizzu
ޗެޕްޓަރު 16

ފަތުރުވެރިކަން

  1. ޓީ.ޖީ.އެސް.ޓީ 12 އިންސައްތައިން 16 އިންސައްތައަށް އިތުރުކުރެވިފައިވާއިރު، އެ އާމްދަނީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންގެ ބޮޑު ޙިއްޞާއެއް އޮވެގެން ލިބެމުންދާ އާމްދަނީއެއްކަމުން، އެ މުވައްޒަފުންނަށް ޚާއްޞަ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ޤާއިމުކުރުން.
  2. ބައިނަލްއަޤްވާމީ ފެންވަރަށް ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަރުވަން ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުން.
  3. ރިސޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމުތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރަން ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިތުރަށް ބާރުއެޅުމަށް، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން.
  4. ގެސްޓްހައުސް ވިޔަފާރިއަށް މިހާރު އެކަށައެޅިފައިވާ ޓެކްސްތައް ބޮޑުތަނުން ކުޑަކޮށް، އެވިފަޔާރިއަކީ މުޅި ރާއްޖޭގައިވެސް ބާރަށް ކުރިއަރައިގެންދާ ވިޔަފާރިއަކަށް ހަދާ، ކުދި އަދި މެދު ފަންތީގެ ޒުވާން ވިޔަފާރިވެރިންނަށް ގެސްޓްހައުސް ވިޔަފާރިން ފައިދާވާނެގޮތަށް ނިޒާމު ބައްޓަންކުރުން.
  5. ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން.
  6. ދިވެހި ޓްރެވަލް އޭޖެންޓުން ކުރިއަރުވައި، އެފަރާތްތަކުން ދޭ ޚިދުމަތުގެ ފެންވަރު އެކަށައަޅައި، ބޭރުގެ ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ރަޖިސްޓްރީކުރުން ރެގިއުލޭޓްކޮށް، އޮންލައިން ޓްރެވަލް އޭޖެންސީތަކާއިބެހޭ ޤަވާޢިދުތަކެއް އެކަށައެޅުމަށްޓަކައި ޓްރެވަލް އޭޖެންސީއާބެހޭ ޤާނޫނެއް ފާސްކުރުން.
  7. ރާއްޖޭގެ ދެކުނާއި އުތުރުގައި، ގިނަ އަތޮޅުތަކެއް ހިމެނޭގޮތަށް، ފަތުރުވެރިކަމުގެ މަރުކަޒީ ސަރަޙައްދުތަކެއް ޤާއިމުކުރުން.
  8. ރިސޯޓުތައް ތަރައްޤީކުރުމުގައި، ދިވެހި ޒުވާން މަސައްކަތްތެރިން އެންމެ މަތީ ފެންވަރުގެ ހުނަރާއި، ތަޢްލީމާ، ތަޖުރިބާ ހުރި، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިނިންގ، އެމް.އީ.ޕީ ކޮންސަލްޓަންސީ އަދި އެންޖިނިއަރިންގ، ކަރަންޓާއި ދެމެހެއްޓެނިވި ހަކަތަ، އެންޖިނިއަރިންގ އަދި އައި.ޓީ އާ ގުޅުންހުރި ދާއިރާތަކުން، ބޭރުގެ ކުންފުނިތަކަށް ފުރަތަމަ ފުރުޞަތު ދިނުން ހުއްޓުވުމަށް ޤަވާއިދުތަކެއް ހަދާ، ތަންފީޒުކުރުން.
  9. ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މިހާރު ގެންގުޅޭ އުޞޫލު އިޞްލާޙުކޮށް، ވަންނަ އިންވެސްޓްމަންޓްގެ ބޮޑުމިނާއި އޭގެން މާލިއްޔަތަށާއި ސީދާ ރައްޔިތުންނަށް ކުރާނެ ނަފާއާއި ފައިދާއަށް ދެވޭ އަހަންމިއްޔަތަށް ބޮޑަށް ބުރަވެވޭނެފަދަ ހާމަކަންބޮޑު އާ އުޞޫލެއް ތަޢާރަފުކުރުން.
  10. ހަދަންފަށާ ނުނިމިވާ ރިސޯޓުތައް އަވަހަށް ނިންމާ، ހުޅުވަން ބޭނުންވާ ފައިސާ ހޯދުމަށް ސީދާ ސަރުކާރުން އިސްނަގައި، އެހީތެރިވެދީގެން، އާ ލުއިފަސޭހަ ޙައްލުތަކެއް ނެރެދިނުން.
  11. ޕީ.ޕީ.އެމް އިން ފެށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންމީދީ، ބިޔަ މަޝްރޫއު ނިމުމާއެކު އިތުރުވާނެ ޑިމާންޑަށް ރިޢާޔަތްކޮށް، މާލެއާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތަކެއް އެޅުމަށް މަގުފަހިކޮށްދިނުން.
  12. ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެނުން އިތުރު ކުރުމަށް، އެފަދަ ފުރުޞަތުތައް އިތުރަށް ފަސޭހަކޮށްދިނުމާއި، ވަޒީފާ ދޭ ފަރާތްތަކަށް އަންހެން މުވައްޒަފުން އިތުރު ކުރުމަށް ބާރުއެޅުމާ، އަންހެނުންނަށް އެކަށޭނަ، ރައްކާތެރި އަދި ފަސޭހަ ވަޒީފާގެ މާޙައުލެއް ޤާއިމުކުރަން ބާރުއެޅުމާ، ވަޒީފާގައި އަންހެނުން ދެމެހެއްޓުމަށް ބާރުއެޅުން.
  13. ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ދިވެހި މުވައްޒަފުންގެ މެދުގައި، މެންޑަރިން، ފްރެންޗް، ޖާރމަން، ރަޝިއަން އަދި ކޮރިއަން ފަދަ ބަސްބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ 1000 ފުރުޞަތު ފަހިކޮށްދިނުން.
  14. ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅޭ ބާރެއްގެ ގޮތިގައި، "މޯލްޑިވިއަން" އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނަގަމުންދާ މިންވަރު މުރާޖަޢާކޮށް، ފަތުރުވެރިންގެ ޢަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުން.
  15. ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވައިޑް ބޮޑީޑް އެއަރކްރާފްޓެއް ކުއްޔަށްގެނެސް ނޮންސްޓޮޕް ޑައިރެކްޓް ފްލައިޓްތައް ޗައިނާގެ މުހިންމު ޑެސްޓިނޭޝަންތަކާދެމެދު ފެށުން.